ނޭޗަރ ޕާކުގެ ތްރީފޭސް ކަރަންޓް ކޭބަލް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ޕަބްލިޝްކުރެވުނު ތާރީޚް: 6 ޖެނުއަރީ 2026
(IUL)468-APS/468/2026/5
ބީލަން ހުށަހެޅުން: 18 ޖެނުއަރީ 2026(ހެނދުނު 9:00)
މައުލޫމާތު ސާފުކުރުން: 13 ޖެނުއަރީ 2026(ހެނދުނު 11:00)
ރަޖިސްޓަރކުރަންވީ ތާރީޚް: 12 ޖެނުއަރީ 2026(ހެނދުނު 10:00)

ފުވައްމުލައް ނޭޗަރ ޕާކުގެ ތްރީފޭސް ކަރަންޓް ކޭބަލް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)468-APS/468/2025/292 އިޢުލާން އަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅައިފައި ނުވާތީ އިޢުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 12 ޖެނުއަރީ 2026 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.

ބީލަމާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 13 ޖެނުއަރީ 2026 ވާ އަންގާރަ ދުވަހުގެ 11:00 ގައި ނޭޗަރ ޕާކް އޮފީހުގައެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 14 ޖެނުއަރީ 2026 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 14 ޖެނުއަރީ 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅުއްވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 18 ޖެނުއަރީ 2026 ވާ އާދީއްތަ ދުވަހުގެ 09:00 ގައި ކައުންސިލް އިދާރާގެ އަތޮޅުގެ މީޓިންގ ރޫމް (އަސުރުމާ މާލަމް) ގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6862497،6862498

އީމެއިލް: [email protected]

ބީލަމާއިގުޅޭ މައުލޫމާތު